Skip to content
Share
Trainings

އައްޑޫ ސިޓީގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފި

2 min read

practical sessions held in Addu City, Hithadhoo Swimming Track

އައްޑޫ ސިޓީގައި 2016 އެޕްރީލް 17 ން މެއި 14 އަށް ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

އައްޑޫ ސިޓީގައި ފެތުމުގެ ކުޅިވަރު އާލާކުރުމަށް ބޭނުންވާ ކޯޗުން ތަމްރީންކުރުމަށް ހިންގި މިކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން އައްޑޫ ސިޓީގައި ހިންގި ކޯޗިން ކޯހެކެވެ.

މިކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވީ، ސްރީލަންކާގެ ތަޖުރިބާކާރު ކޯޗު، މރ.ޑަނަޖީ ޑި ސިލްވާ އެވެ. ކޯޗުން ތަމްރީންކުރުމުގައި 30 އަހަރަށްވުރެ ގިނަދުވަހު ޚަރަކާތްތެރިވެފައިވާ ޑަނަޖީއަކީ، ސްރީލަންކާގައި ކޯޗުން ތަމްރީންކުރުމުގައި އެންމެ ކުރީސަފުގައި ގުނާލެވޭ އެއް ފަރާތެވެ.

ރާއްޖޭގައި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް އިތުރު ކޯޗުން ތަމްރީންކުރުމަށް އަދި މިހާރު މިދާއިރާގައި މަސައްކަތްކުރަމުންދާ ކޯޗުންގެ ފެންވަރު ރަނގަޅުކުރުމަށް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯޓްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ސްވިމިންގ ކޯޗިންގ ލެވެލް 1 ގެ ކޯސް މި މޭމަހުގެ ތެރޭގައި މާލޭގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

Our sponsors & partners

  • Bank of Maldives