Maldives Aquatics
މޯލްޑިވްސް އެކުއަޓިކްސް އިންތިޒާމުކޮށްގެން ބާއްވާ “2 ވަނަ ކްލަބް ކިޑްސް ސްވިމިންގް ފެސްޓިވަލް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ފަށައިފިއެވެ.
މި މުބާރާތުގެ އިވެންޓްތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި 5 ކްލަބަކުން 362 ކުދިން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 172 އަންހެން ކުދިންނާއި 190 ފިރިހެން ކުދިންނެވެ.
ފެސްޓިވަލްގެ ހަރަކާތްތައް މިއަދުން ފެށިގެން މިމަހުގެ 6 ވަނަ ދުވަހާހަމަޔަށް ކުރިޔަށް ދާނެއެވެ.

