Skip to content
Share
International Wins

ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ދިވެހި ޓީމަށް

2 min read

maldivian team (📷 niya)

ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއަރ އަންހެޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ. ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ބްރޯންޒް މެޑަލް ހޯދައިދިން ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.

މި އިވެންޓު ފެތުންތެރިން ނިންމާފައިވަނި 02:08.38 އިންނެވެ. މިއީ ޤައުމީ ރެކޯރޑެކެވެ. މި މުބާރާތުގައި މިޓީމުން ވަނީ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުންވެސް ބްރޯންޒް މެޑަލް ހޯދާފައެވެ.


Our sponsors & partners

  • Bank of Maldives