Skip to content
Share
International Wins

ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ލޯމެޑަލް ދިވެހި ޓީމަށް

1 min read

maldivian team (📷 niya)

ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއަރ އަންހެޓީމުން ލޯމެޑަލް ހޯދައިފިއެވެ. ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ލޯމެޑަލް ހޯދައިދިން ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ. މި އިވެންޓު ފެތުންތެރިން ނިންމާފައިވަނި 05:38.03 އިންނެވެ.


Our sponsors & partners

  • Bank of Maldives