Skip to content
Share
Announcements

ކޮމަންވެލްތު ޔޫތު ގޭމްސް 2023ގައި ބައިވެރިވާ ދިވެހި ފެތުންތެރިން ހޮވައިފި

1 min read

team

ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ޓްރިންބާގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ތިން ފެތުންތެރިން ހޮވައިފިއެވެ.

ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށްބަލައި، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލް ކުރުމަށް ހޮވިފައިވަނީ، މިރާލް ޢައިން ލަޠީފް، އީން ޢައްބާސް ޝަރީފް އަދި މުޙައްމަދު ރިހާން ޝިޙާމް އެވެ. މި މުބާރާތް ކުރިއަށްދާނީ، މިއަހަރުގެ އޮގަސްޓު މަހުގެ 4 ން 11 އަށެވެ.


Our sponsors & partners

  • Bank of Maldives