Skip to content
Share
Announcements

މި 2021 ވަނައަހަރުގެ އަހަރީ އާންމުޖަލްސާ ބާއްވާ ތާރީޚް ފަސްކުރުން

2 min read

association logo

2021 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލްކުރެވުނު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ޙާލަތާއި ގުޅިގެން ފަސްކުރުމަށް ވަނީ ނިންމާފައެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވާ އައު ތާރީޚަކީ 29 މެއި 2021 ވާ ހޮނިހިރު ދުވަހެވެ.

ވީމާ، މިކަން މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިފުރުޞަތުގައި، 2021 ވަނަ އަހަރުގެ އަހަރީ ފީ ދެއްކެވުމަށް މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.


Our sponsors & partners

  • Bank of Maldives