Skip to content
Share
Announcements

ވޭތުވެދިޔަ 2017 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް މުބާލް އަދި ސާޖިނާ

3 min read

parents of mubal and sajina receives the award (photo by: mohamed wishah zareer)

2017 ވަނައަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް މުބާލް އައްޒާމް އިބްރާޙީމް އަދި އާއިޝަތު ސާޖިނާ ހޮވިއްޖެއެވެ. ޖަމާލުއްދީން ސްކޫލްގައި ބޭއްވި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެވޯރޑް ނައިޓް 2018 ގައި ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު, ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރވަނީ ކޮމްޕެޓިޓިވް ސްވިމިންގ ޕޫލެއް އެޅުމަށްޓަކައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަރަށް އަވަހަށް ބިމެއް ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މުބާލް އަދި ސާޖިނާ މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި އޮލިމްޕިކް ސޮލިޑަރިޓީގެ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައެވެ.

2017 ވަނަ އަހަރު ފެތުމުގެ ޚަރަކާތްތަކުން އެކިއެކި ފެންވަރުގައި އެސޯސިއޭޝަނަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި، ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިންނަށާއި، އެކިއެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފެތުންތެރިންނަށް ވަނީ ތައްޓާއި، އިނާމް އަދި ސެޓްފިކެޓް ޙަވާލުކޮށްފައެވެ.


Our sponsors & partners

  • Bank of Maldives