Skip to content
Share
Announcements

މަކީޓާ، ޤައުމީ ފެތުމުގެ 41 ވަނަ މުބާރާތް ނޮވެމްބަރ 20 ން 26 ށް

3 min read

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ، ޤައުމީ ފެތުމުގެ 41 ވަނަ މުބާރާތް 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ން 26 ށް ބޭންކް އޮފް މޯލްޑިވްސް މާލޭ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ކްލަބްތަކުން ވާދަކުރާ ޓީމް ކެޓަގަރީ އާއި، އޯޕަން ކެޓަގަރީގައި ވާދަކުރާ އުމުރުފުރާ ކެޓަގަރީތަކުގެ އިތުރުން މާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭ ކެޓަގަރީތައް ހިމެނޭނެއެވެ.

މި މުބާރާތުގައި ބޭއްވޭ ކެޓަގަރީތައް (ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓްތައް ކުރިއަށްދާނެއެވެ.)

  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 14 އަހަރުން މަތި
  • މާސްޓަރސް ކެޓަގަރީ
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ

މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

ޓީމް ކެޓަގަރީ

Event 50M 100M 200M 400M
Freestyle ✓ ✓ ✓ ✓
Backstroke ✓ ✓
Breaststroke ✓ ✓
Butterfly ✓ ✓
Individual Medley ✓ ✓
Freestyle Relay 4 x 50m 4 x 100m
Medley Relay 4 x 50m 4 x 100m

އޯޕަން ކެޓަގަރީ

 

Event Under 12 Under 14 Over 14 Masters SEN
50m Freestyle ✓ ✓ ✓ ✓ ✓
50m Backstroke ✓ ✓ ✓ ✓ ✓
50m Breaststroke ✓ ✓ ✓ ✓
50m  Butterfly ✓ ✓ ✓ ✓
100m Freestyle ✓ ✓ ✓ ✓ ✓
100m Backstroke ✓ ✓ ✓
100m Breaststroke ✓ ✓ ✓
100m  Butterfly ✓ ✓ ✓
200m Freestyle ✓ ✓ ✓
200m Individual Medley ✓ ✓ ✓
400m Freestyle ✓ ✓ ✓
Total Event 11 11 11 5 3

މަކީޓާ، ޤައުމީ ފެތުމުގެ 41 ވަނަ މުބާރާތް 2016
Makita 41st National Swimming Competition 2016

މުބާރާތް ބާއްވާ ތަން: ބޭންކް އޮފް މޯލްޑިވްސް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 20 ން 26 ނޮވެމްބަރ 2016

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 10 ނޮވެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

މުބާރާތުގެ ޤަވައިދު: ލިންކް

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

Our sponsors & partners

  • Bank of Maldives