Skip to content
Share
News & Media

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް ސްވިމިންގ އެސޯސިއޭޝަނުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވައިފި

3 min read

from the meeting with the minister (photo by: ministry of youth and sports)

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމް، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އަދި ނައިބު ރައީސް އިސްމާޢީލް ޢަލީ އާއި ބައްދަލުކޮށްލައްވައިފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގައި ބޭއްވި މިބައްދަލުވުމުގައި މާލޭ ސްވިމިންގ ޓްރެކް ތަރައްޤީ ކުރާނެ ގޮތްތަކާއި ރާއްޖޭގައި ކޮންޕެޓިޓިވް ސްވިމިންގ ޕޫލެއް ޤާއިމް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި، ފެތުމުގެ ކުޅިވަރުތައް އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންނާއި މިހާތަނަށް ފެތުމުގެ ކުޅިވަރުގެ ތެރެއިން ލިބިފައިވާ ކާމިޔާބީތަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ އެހީތެރިކަމާއިއެކު ފެތުންތެރިން ޑިވެލޮޕްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ މިނިސްޓަރަށް ހިއްސާކޮށްފައެވެ.

މިއީ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް ގެ މަޤާމަށް އިރުތިޝާމް އާދަމް ވަޑައިގަތުމަށްފަހު، ރާއްޖޭގެ ހުރިހާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ވަކިވަކީން ބައްދަލުކުރެއްވުމަށް މިނިސްޓްރީގެ ފަރާތުން ހަމަޖައްސަވަމުން ގެންދާ ބައްދަލުވުންތަކެކެވެ.


Our sponsors & partners

  • Bank of Maldives