Skip to content
Share
News & Media

ފީނާ ޓްރެއިނިންގ ސްކޮލަރޝިޕް ލިބުނު ފެތުންތެރިން ތައިލެންޑްއަށް ފުރައިފި

2 min read

ބައިނަލް އަޤްވާމީ ފެތުމުގެ ކުޅިވަރުތަކުގެ ޖަމުޢިއްޔާ، ފީނާ އިން އައިމިނަތު ޝަޖަންއަށާއި، އައިޝަތު ސާޖިނާއަށް އެވޯރޑްކުރި ސްވިމިންގ ޓްރެއިނިންގ ސްކޯލަރޝިޕްގެ ދަށުން މި ދެފެތުންތެރިން ތައިލެންޑްއަށް ފުރައިފިއެވެ. މިދެފެތުންތެރިންގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތައިލޭންޑްގެ ޕުކެޓްގައި ހުންނަ ހައި ޕްރޮފޯރމަންސް ޓްރެއިނިންގ ސެންޓަރގައެވެ.

ޝަޖަން އަދި ސާޖިނާ ގެ ފަރިތަކުރުންތައް މީގެކުރިން ކުރިއަށްގެންގޮސްފައިވަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްއެއްގައި ސްރީލަންކާގެ ރެއިންބޯ އެކުއެޓިކްސް ކްލަބް ގައެވެ.

ރާއްޖޭގެ ފެތުންތެރިންތަކަކަށް، ފީނާ ޓްރެއިނިންގ ސްކޯލަރޝިޕް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިއީ 2016 ވަނަ އަހަރު ރިއޯ ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ރިއޯ 2016 އޮލިމްޕިކް ގޭމްސް އާއި ގުޅުވައިގެން ފީނާ އިން ހުޅުވާލި ފުރުޞަތެކެވެ.


Sponsors of National Swimming Squads:

Sponsor - Arena Banner