Skip to content
Share
Announcements

ސްޕޯރޓްސް އިންޖަރީ އަދި ނިއުޓްރިޝަން ސެޝަނެއް ފެތުންތެރިންނަށާއި ފެތުންތެރިންގެ ބެލެނިވެރިންނަށް ބާއްވައިފި

2 min read

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެސް.ޑީ.ޕީ) އަދި ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނަށާއި އެފެތުންތެރިންގެ ބެލެނިވެރިންނަށް ސްޕޯރޓްސް އިންޖަރީ އަދި ސްޕޯރޓްސް ނިއުޓްރިޝަން އާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ މިއަދު ބާއްވާފައެވެ.

މިސެޝަނުގައި މަޢުލޫމާތު ދެއްވީ ފިޓްނަސް އިންސްޓްރަކްޓަރ މުޙައްމަދު ފަޔާޒު (ފިއްޓޭ) އަދި ނިއުޓްރިޝަނިސްޓް މުޙައްމަދު ރަޝީދެވެ.

ޖަމާލުއްދީން ސްކޫލްގެ އޯޑިއޯ ވިޝުއަލް ރޫމްގައި ބޭއްވި މިސެޝަނުގައި ފެތުންތެރިންނަށް ބޭނުންވާ ފައިދާ ހުރި ކާނާއާއި އެކި ކަހަލަ އިންޖަރީތަކަށް ފަރުވާދޭނެގޮތާއި އެފަދަ އިންޖަރީތައް މެދުވެރިވުން ދުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.