Skip to content
Share
Announcements

7 ވަނަ 100ޕްލަސް އެސް.ޑީ.ޕީ ފެތުމުގެ މުބާރާތް 2015 ލަސްކުރުން

2 min read

2015 ވަނަ އަހަރުގެ މާރޗް 13ން 14 އަށް ބޭއްވުމަށް ކުރިން ތާވަލްކުރެވިފައިވާ 7 ވަނަ 100ޕްލަސް އެސް.ޑީ.ޕީ ފެތުމުގެ މުބާރާތް ލަސްކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ، ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފްލޯޓިންގ ޕްލެޓްފޯރމް ޤާއިމްކުރުމަށް މިއެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިފެށޭ މާރޗް މަހުގެތެރޭގައި މި ޕްލެޓްފޯރމް ޤާއިމްކޮށް ނިންމުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރު ހަލުއިކަމެއްގެނެސް، މިއަހަރުގެ ފުރަތަމަ ފެތުމުގެ މުބާރާތް މިހާރު ޤާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ސްވިމިންގ ޕްލެޓްފޯރމްގައި ބޭއްވުމުގެ މަޤްސަދުގައެވެ.

މިމުބާރާތަކީ، މާކެޓިއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންދާ 100ޕްލަސް އައިސޮޓޯނިކް ޑްރިންކ ގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ސްޕޮންސަރ ކޮށްދެއްވަމުން އަންނަ މުބާރާތެކެވެ.

27 ފެބްރުއަރީ 2015


Sponsored By:
100PlusDistributed in Maldives by:
Marketeers