Skip to content
Share
News & Media

2015 އަދި 2016 ވަނަ އަހަރުގެ ޤައުމީ ފެތުމުގެ ސްކޮޑްތަކުގެ ސްޕޮންސަރަކަށް ސޮނީ ސްޕޯރޓްސް

3 min read

Sonee Sports Squad Sponsor - Signing Ceremony 2015 - 2016

2015 އަދި 2016 ވަނަ އަހަރުގެ ޤައުމީ ފެތުމުގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ކިޓް ސޮޕޮންސަރ އަކަށް ސޮނީ ސްޕޯރޓްސް އިން ރާއްޖޭގައި މާރކެޓް ކުރަމުންގެންދާ އެރީނާ ބްރޭންޑް ވަނީ ހަމަޖައްސާފައެވެ. މިސްޕޮންސަރޝިޕްގެ ދަށުން، 2015 އަދި 2016 ވަނަ އަހަރުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނަށް އެރީނާ ބްރޭންޑްގެ ކިޓް ސޮނީ ސްޕޯރޓްސްގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

ސޮނީ ސްޕޯރޓްސް ބިލްޑިންގގައި ބޭއްވި ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ސޮނީ ސްޕޯރޓްސްގެ ފަރާތުން ސޮއިކުރެއްވީ ސޮނީ ސްޕޯރޓްސްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ، މައުމޫން އަބްދުﷲއެވެ. އަދި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރެވެ.

އެރީނާ އަކީ، ސްވިމިންގ ގިއަރ އުފެއްދުމަށް މިހާރު އެންމެ ކުރީ ސަފުގައި ގުނާލެވޭ ޔޫރަޕިއަން ބްރޭންޑެކެވެ. އަދި ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކުގެ ޤައުމީ ޖަމުއިއްޔާ، ފީނާގެ އޮފިޝަލް ސްޕޮންސަރ އަދި ޓެކްނިކަލް ޕާރޓްނަރ އެއްގެގޮތުގައި 2014 ން 2019 އަށް ހަމަޖައްސާފައިވަނީވެސް އެރީނާއެވެ.

 

Sponsored by:

Sponsor - Arena Banner

Marketed in Maldives By:

Sonee Sports