Skip to content
Share
News & Media

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ބަޙްރައިންއަށް ފުރައިފި

2 min read

Maldives Olympic Committee

2025 ވަނަ އަހަރުގެ އޭޝިއަން ޔޫތު ގޭމްސް ގައި ބައިވެރިވާ ފެތުންތެރިންގެ ޓީމު ބަޙްރައިން އަށް ފުރައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެތުމުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އަޔާނާ އަރީފް، ދާލިޔާ ޢާއިދާ ލަޠީފް، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މަކީން އަޙްމަދު ޝަކީބު، މަލާއިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، ޝައިމް ޙުސައިން އިބްރާހީމް އަދި ޒުކައިން އަބްދުﷲ ޙަނީފެވެ.


Our sponsors & partners

  • Bank of Maldives