Swimming Association of Maldives
ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ “2 ވަނަ ނޭޝަނަލް ޝޯޓްކޯސް ސްވިމިންގ ކޮމްޕެޓިޝަން 2026” ހުޅުމާލޭ ސްވިމިންގ ޕޫލުގައި ރަސްމީކޮށް ފަށައިފިއެވެ..
މި މަހުގެ 23 އިން 27 އަށް ކުރިއަށްދާ މި މުބާރާތުގެ އިވެންޓްތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި 7 ކްލަބަކުންނާއި އޯޕަން ކެޓަގަރީން ޖުމްލަ 171 ފެތުންތެރިން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ކްލަބްތަކުން ވާދަކުރާ 48 އަންހެން ފެތުންތެރިންނާއި 85 ފިރިހެން ފެތުންތެރިންގެ އިތުރުން، އޯޕަން ކެޓަގަރީގައި ބައިވެރިވާ 14 އަންހެން ފެތުންތެރިންނާއި 24 ފިރިހެން ފެތުންތެރިންނެވެ.

