Skip to content
Share
Announcements

100ޕްލަސް ތިންވަރު ޓްރައިތެލޯންގައި ބައިވެރިވުމުގެ ފުރުޞަތު

3 min read

އިވެންޓްމަންޓްގެ ފަރާތުން ބާއްވާ ފުރަތަމަ 100ޕްލަސް ތިންވަރު ޓްރައިތެލޯންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިއިވެންޓަކީ ރާއްޖޭގައި ޚަރަކާތްތެރިވާ އެކި އެކި ކުޅިވަރު ޖަމާއަތްތަކާއި ކްލަބްތަކުގެ އެހީތެރިކަމާއިއެކު ބޭއްވޭ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 އޮގަސްޓް 2015 ވަނަދުވަހުއެވެ.

މި މުބާރާތުގެ އިތުރު މަޢުލޫމާތު ދިނުމާއި، ފެތުންތެރިންނާއި، ދުވުންތެރިން އަދި ބައިސްކަލްދުއްވުންތެރިން އެއްތަނަކުން ބައްދަލުވެ، މިމުބާރާތަށް ޓީމްތައް އެކުލަވާލުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، މާފަންނު ސްޓޭޑިއަމް ދުވާސަރަޙައްދުގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ހުރިހާ ބޭފުޅުން މިބައްދަލުވުމަށް ހާޒިރުވުން އެދެމެވެ.

ބައްދަލުވުން އޮންނާނެ ތާރީޚް: 26 ޖޫން 2015 ވާ ހުކުރުދުވަހު.

ބައްދަލުވުން އޮންނާނެ ގަޑި: 22:00

ބައްދަލުވުން އޮންނާނެ ތަން: މާފަންނު ސްޓޭޑިއަމް ދުވާސަރަޙައްދު.

ފޭސްބުކް ޕޭޖް ލިންކް: fb.com/thinvarutriathlon

އޮންލައިން އެޕްލިކޭޝަން ފޯރމް: Online Application Form


Thinvaru Poster Meeting 2015

ނޯޓް: މިއީ އިވެންޓްމަންޓް ގެ ފަރާތުން ރާވައި ހިންގާ މުބާރާތެކެވެ.