Amintah Shajan and Aishath Sajina with their coach Miguel Lopez
ތައިލަންޑްގައި މިހާރުކުރިއަށްދާ ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:11.59 އިން ފުރިހަމަކޮށްގެން، މިއިވެންޓުގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ މިއަހަރު އިންޑިއާގެ ގްވާހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:15.45 އިން ފުރިހަމަކޮށްގެންނެވެ.
ސަޖަން ވަނީ މިމުބާރާތުގައި މިހާތަނަށް އިންޑިވިޑުއަލް 3 އިވެންޓެއްގެ ޤައުމީ ރެކޯރޑު އާކޮށް، 1 ބްރައުންޒް މެޑަލް ހޯދައިފައެވެ.

