Skip to content
Share
Competitions

އަންހެނުންގެ ފްރީސްޓައިލް 200 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

2 min read

Swimming Day 1 event of the South Asian Games in Guwahati, India, Saturday , February 6, 2016. (Images.mv Photo: Mohamed Ahsan)

cover photo: images.mv

ތައިލަންޑްގައި މިހާރުކުރިއަށްދާ ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ 200 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 02:25.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ މިއަހަރު އިންޑިއާގެ ގްވާހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 200 މީޓަރ ފްރީސްޓައިލް އިވެންޓް 02:25.46 އިން ފުރިހަމަކޮށްގެންނެވެ.

މިމުބާރާތުގައި ސަޖަން ވަނީ މިހާތަނަށް އިންޑިވިޑުއަލް 2 އިވެންޓެއްގެ ޤައުމީ ރެކޯރޑު އާކޮށް، 1 ބްރައުންޒް މެޑަލް ހޯދައިފައެވެ.

Our sponsors & partners

  • Bank of Maldives