Skip to content
Share
Competitions

16 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ދިވެހި ޓީމް ފުރައިފި

5 min read

ކަޒާން (ރަޝިޔާ) ގައި ޖުލައި 24 ން 09 އޮގަސްޓް އަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ ފެތުންތެރިންނާއި އޮފިޝަލުން ކަޒާންއަށް ދިޔުމަށް މިއަދު ފުރައިފިއެވެ. މިއަދު ފުރި ޓީމްގައި ހިމެނެނީ ޤައުމީ ސްވިމިންގ ޓީމްގެ ހެޑްކޯޗު، އިސްމާޢިލް ފަރުޙާން އާއި ހަތަރު ފެތުންތެރިންނެވެ.

މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމްގެ މެނޭޖަރަކަށް ހުންނަވާނީ މިއެސޯސިއޭޝަނުގެ ނައިބް ރައީސް އިސްމާޢިލް ޢަލީއެވެ. އިސްމާޢިލް ޢަލީ މިވަގުތު ހުންނެވީ، މިމަހު 22 ގައި ކަޒާންގައި ބޭއްވި އޭޝިއަން ސްވިމިންގ ފެޑަރޭޝަންގެ ކޮންގްރެސްގައި އަދި މިމަހު 23 ގައި ބޭއްވި ފީނާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަޒާންގައެވެ.

16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ފެތުންތެރިންނާއި އެފެތުންތެރިން ވާދަކުރާނެ އިވެންޓްތައް ތިރީގައި އެވަނީއެވެ.

Nishwan Ibrahim

  • 50m Freestyle
  • 50m Butterfly

Mohamed Muthasim Adnan

  • 50m Freestyle
  • 100m Freestyle

Aminath Shajan

  • 100m Freestyle
  • 200m Freestyle

Aishath Sajina

  • 100m Breaststroke
  • 200m Breaststroke

ދިވެހިރާއްޖޭގެ ފެތުންތެރިން މިމުބާރާތަށް ވަރަށް ފުރިހަމައަށް ވަނީ ތައްޔާރުވެފައެވެ. މިމުބާރާތަށް ތައްޔާރުވުމަށް މުޙައްމަދު މުޢުތަސިމް އަދްނާން ދިޔައީ 2014 ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ އެންމެ ކާމިޔާބު އެއްކޯޗުކަމަށްވާ މަނޯޖް އަބީސިންގގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުންނެވެ. އަދި ނިޝްވާން އިބްރާޙިމް ވަނީ މާލެ އަދި ސްރީލަންކާގައި ޤައުމީ ސްވިމިންގ ޓީމްގެ ހެޑްކޯޗުގެ ބެލުމުގެދަށުން މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މި މުބާރާތުގައި ވާދަކުރާ އަންހެން ފެތުންތެރިން ކަމަށްވާ އައިމިނަތު ސަޖަން އަދި އައިޝަތު ސާޖިނާ މިމުބާރާތަށް ތައްޔާރުވުމަށްޓަކައި، ރިއޯ 2016 އޮލިމްޕިކް ގޭމްސް އާއި ގުޅުވައިގެން ފީނާ އިން އެވޯރޑްކުރި ފީނާ ޓްރެއިނިންގ ސްކޮލަރޝިޕްގެ ދަށުން ތައިލެންޑްގެ ތަންޔާޕުރަ ހައިޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރުގައި މިއަހަރުގެ ޖޫން މަހުންފެށިގެން ދިޔައީ ފަރިތަކުރުންތައް ފުރިހަމަކުރަމުންނެވެ. މިދެފެތުންތެރިން މީގެކުރިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއިއެކު ސްރީލަންކާގެ އެންމެ ތަޖުރިބާކާރު އެއްކޯޗު ކަމަށްވާ ޖޫލިއަން ބޯލިންގ ގެ ބެލުމުގެދަށުން ސްރީލަންކާގައެވެ.

މުބާރާތް ނިންމުމަށްފަހު ފެތުންތެރިންނާއި އޮފިޝަލުން އެނބުރި ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަދުވަހުއެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner