Skip to content
Share
Competitions

އިތުރު ރަންވަންލޯ މެޑަލްއެއް ދިވެހިރާއްޖެއަށް ޝަޖަން ހޯދައިދީފި

3 min read

aminath shajan with bronze medal, 1500 freestyle, 1st south asian aquatic championships

ސްރީލަންކާގެ ކޮލޮންބޯގައި އޮކްޓޫބަރ 18 ން 24 އަށް ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން އެކުއެޓިކް ޗެމްޕިއަންޝިޕްސްގެ 1500 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކޮށް ދިވެހިރާއްޖެއަށް އިތުރު ރަންވަންލޯ މެޑަލްއެއް ޝަޖަން ހޯދައިދީފިއެވެ. މިއީ މި މުބާރާތުގައި ޝަޖަން ދިވެހިރާއްޖެއަށް ހޯދައިދިން 2 ވަނަ ރަންވަންލޯމެޑަލްއެވެ.

މީގެ އިތުރުން، މިމުބާރާތުގެ އެންމެ ފަހު ސެޝަނުގައި ރާއްޖެއިންވަނީ ރިލޭ އިވެންޓުން އިތުރު 2 ލޯމެޑަލް ހޯދައިފައެވެ. އެއީ؛

4 ގުނަ 200 ފްރީސްޓައިލް ރިލޭ، 15 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • އައިޝަތު ޚުލްވާ ޚުލައިލް
  • ތޫލާ ޢަބްދުލް ޙަސީބް
  • އާމިނަތު ޖުޙައިނާ މުޙައްމަދު
  • އަފްލާކް ތާޢިއާ ބިންތި ސުޢޫދު

4 ގުނަ 200 ފްރީސްޓައިލް ރިލޭ، 18 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • އައިޝަތު މުފްލިޙާ ޒިޔާދު
  • އައިޝަތު ތުހުފާ ނާޒިމް
  • ފާތިމަތު ޒުހާ ޒިޔާދު
  • އާމިނަތު ޒާނާ ޝިރާޒް

މިމުބާރާތުގެ ސްވިމިންގ އިވެންޓްތައް ނިމުނުއިރު ދިވެހިރާއްޖެއިން ވަނީ 17 މެޑަލްއެއް ހޯދައިފައެވެ. އެއީ، 15 ރަންވަންލޯ މެޑަލްއާއި، 2 ރިހި މެޑަލްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ 4 ޤައުމީ ރެކޯރޑު ވެސް އާކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވި ފެތުންތެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ 23 އޮކްޓޫބަރ 2016 ވާ އާދީއްތަ ދުވަހުގެ ރެއެވެ.


Our sponsors & partners

  • Bank of Maldives