aishath sajina with silver medal, 100m breaststroke, 1st south asian aquatic championships
ފެތުމުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ފުރަތަމަ ރިހި މެޑަލް އައިޝަތު ސާޖިނާ ހޯދައިދީފިއެވެ. މި ތާރީޚީ ރިހި މެޑަލް ސާޖިނާ ހޯދައިދީފައިވަނީ އޮކްޓޯބަރ 18 ން 23 ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 100 މިޓަރ ބްރެސްޓްސްޓްރޯކް 18 އަހަރުންދަށުގެ އިވެންޓް ޤައުމީ ރިކޯރޑަކާއިއެކު، 01:24.65 އިން ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ސާޖިނާއެވެ. އެއީ މިއަހަރު މެލޭޝިއާގައި ބޭއްވި 59 ވަނަ މައިލޯ، ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް 01:25.06 އިން ނިންމައިގެންނެވެ.
މިއީ ސާޖިނާ މި މުބާރާތުގައި އިންޑިވިޖުއަލް އިވެންޓަކުން ދިވެހިރާއްޖެއަށް ހޯދައިދިން 2 ވަނަ މެޑަލްއެވެ.
މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ މިހާތަނަށް 11 މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ. އެއީ، 10 ރަންވަންލޯ މެޑަލްއާއި، 1 ރިހި މެޑަލްއެވެ.

