Skip to content
Share
Competitions

ދެވަނަ ރިހިމެޑަލް ދިވެހިރާއްޖެއަށް ސާޖިނާ ހޯދައިދީ، ޤައުމީ ރެކޯރޑެއް އާކޮށްފި

3 min read

aishath sajina with silver medal, 200މ breaststroke, 1st south asian aquatic championships

ޤައުމީ ރެކޯރޑެއްއާކޮށް، 18 އަހަރުން މަތީގެ އަންހެން ކެޓަގަރީގެ 200 މީޓަރ ބްރެސްޓްސްޓްރޯކު އިވެންޓުން ދިވެހިރާއްޖެއަށް ރިހިމެޑަލް އައިޝަތު ސާޖިނާ ހޯދައިދީފިއެވެ. މިއީ އޮކްޓޯބަރ 18 ން 23 ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިންޑިވިޖުއަލް އިވެންޓަކުން ދިވެހިރާއްޖެއަށް ސާޖިނާ ރިހި މެޑަލް ހޯދައިދިން ދެވަނަ ފަހަރެވެ.

03:08.15 އިން ރޭސްނިންމައި، 200 މީޓަރ ބްރެސްޓް ސްޓްރޯކްގެ ޤައުމީ ރެކޯޑް ސާޖިނާ އާކޮށްފައިވާއިރު، އެންމެފަހުންވެސް މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ ސާޖިނާއެވެ. އެއީ، މިހައަހަރު ކުރީކޮޅު އިންޑިއާގެ ގްވާހަޓީގައި ބޭއްވުން 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް 03:08.66 އިން ފުރިހަމަކޮށްގެންނެވެ.

މިއީ މުބާރާތުގައި ދިވެހިރާއްޖެއަށް އިންޑިވިޖުއަލް އިވެންޓްތަކުން ސާޖިނާ ހޯދައިދިން 2 ވަނަ ރިހި މެޑަލްއެވެ. މީގެ އިތުރުން ސާޖިނާވަނީ ދިވެހިރާއްޖެއަށް އިންޑިވިޖިއަލް އިވެންޓަކުން ރަންވަންލޯ މެޑަލްއެއްވެސް ހޯދައިދީފައެވެ.

ވޭތުވެދިޔަ 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވިފައިވާ ސާޖިނާ ވަނީ މި މުބާރާތުގައި މިހާތަނަށް 3 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ. އެއީ، 50 މީޓަރ، 100 މީޓަރ އަދި 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުތަކުންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ މިހާތަނަށް 12 ރަންވަންލޯ މެޑަލްއާއި، 2 ރިހި މެޑަލް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.


Our sponsors & partners

  • Bank of Maldives