Skip to content
Share
Competitions

އަންހެނުންގެ ފްރީސްޓައިލް 100 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

2 min read

Swimming Day 1 event of the South Asian Games in Guwahati, India, Saturday , February 6, 2016. (Images.mv Photo: Mohamed Ahsan)

cover photo: images.mv

ބްރެޒިލްގެ ރިއޯގައި މިހާރު ކުރިއަށްދާ ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓް ގެ ޤައުމީ ރެކޯރޑް އާމިނަތު ސަޖަން އާކޮށްފިއެވެ. ސަޖަން މިރެކޯރޑް އާކޮށްފައިވަނީ 01:05.71 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަން އެވެ. އެއީ މިއަހަރު އިންޑިއާގެ ގްވާހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރ ފްރީސްޓައިލް އިވެންޓް 01:06.28 އިން ފުރިހަމަކޮށްގެންނެވެ. ސާފްގޭމްސްގައި ދިވެހިރާއްޖެއަށް ރަންވަންލޯމެޑަލް ހޯދައިދިން ފެތުންތެރިޔާ އިންޑިވިޖުއަލް އިވެންޓްތަކުން އާކުރި 15 ވަނަ ޤައުމީ ރެކޯރޑެވެ.

Our sponsors & partners

  • Bank of Maldives