Skip to content
Share
Competitions

100 ޕްލަސް ތިންވަރު ޓްރައިތަލޮން ގައި ބައިވެރިވުމުގެ ފުރުޞަތު

3 min read

Thivaru 2015 Banner


މީޑިއާހައުސްއިން ރާވައިހިންގާ ފުރަތަމަ 100ޕްލަސް ތިންވަރު ޓްރައިތެލޯންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިއިވެންޓަކީ ރާއްޖޭގައި ޚަރަކާތްތެރިވާ އެކި އެކި ކުޅިވަރު ޖަމާއަތްތަކާއި ކްލަބްތަކުގެ އެހީތެރިކަމާއިއެކު ބޭއްވޭ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2015 ވާ ހުކުރުދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 13 އޮކްޓޯބަރ 2015 ވާ އަންގާރަދުވަހެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކަމަށް ކަނޑައެޅިފައިވާ ފޯރމް ފުރިހަމަކުރެއްވުމަށްފަހު، އެބޭފުޅުންގެ އައިޑެންޓިޓީ ކާރޑްގެ ކޮޕީއަކާއިއެކު 13 އޮކްޓޯބަރ 2015 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ނުވަތަ މާކެޓިއަރސް ޕްރައިވެޓް ލިމިޓެޑް، އޯކިޑްމަގު، މ.ގުލްފާމްގެ، ފުރަތަމަ ފަންގިފިލާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: 3335011

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް: ތިންވަރު ޓްރައިތެލޯން  އެޕްލިކޭޝަން ފޯރމް

މުބާރާތުގެ ޤަވައިދު: ތިންވަރު ޓްރައިތެލޯން ޤަވައިދު

ފޭސްބުކް ޕޭޖް ލިންކް: fb.com/thinvarutriathlon