Skip to content
Share
Competitions

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ނިޝްވާން އާކޮށްފި

2 min read

Nishwan-2014-Commonwealth-Games

ސަމޯއާ ގައި މިހާރު ކުރިއަށްދާ 5 ވަނަ ޔޫތު ކޮމަންވެލްތު ގޭމްސް ގައި 50 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް ނިޝްވާން އިބްރާޙިމް އާކޮށްފިއެވެ. ނިޝްވާން މި ރެކޯރޑް އާކޮށްފައިވަނީ 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:32.36 އިން ފުރިހަމަކޮށްގެންނެވެ. މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި ފުރަތަމަ ޤައުމީ ރެކޯރޑެވެ.

މީގެކުރިން 50 ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޙަސަން މުބާޙް އެވެ. މިއިވެންޓް މުބާޙް ނިންމާފައިވަނީ 00:32.81 އިންނެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ދިޔަ ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner