Skip to content
Share
Competitions

ނިޝްވާން އިތުރު ޤައުމީ ރެކޯރޑެއް އައުކޮށްފި

2 min read

nishwan at the rio2016 olympic games, photo by: usha fath

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އިބްރާހީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް ނިޝްވާން އައުކޮށްފައިވަނީ 00:25.73 ސިކުންތުން ރޭސްފުރިހަމަކޮށްގެންނެވެ.

50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ނިޝްވާނެވެ. އެއީ 2014 ވަނަ އަހަރު ޤަތަރުގެ ދޯހާގައި ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:25.85 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


Our sponsors & partners

  • Bank of Maldives