Skip to content
Share
Competitions

ފަންސާސް މީޓަރ ބެކްސްޓްރޯކް ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

2 min read

sausan practicing, BML swimming track

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް ސައުސަން އައުކޮށްފައިވަނީ 00:34.29 ސިކުންތުން ރޭސްފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނަ އަހަރު ތައިލަންޑްގެ ބެންގކޮކްގައި ބޭއްވި ފުރަތަމަ އިންޑޯ އޭޝިއަން ގޭމްސްގައި އާމިނަތު ރޫޔާ ޙުސައިން އެވެ. ރޫޔާ 50 މީޓަރ ބެކްސްޓްރޯކް އިވެންޓް ފުރިހަމަކޮށްފައިވަނީ 00:37.15 ސިކުންތުންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


Our sponsors & partners

  • Bank of Maldives