Skip to content
Share
Competitions

ރިއޯ އޮލިމްޕިކްސް ކުޅިވަރު ޢީދުގައި ދިވެހިރާއްޖޭގެ ދިދަ އުފުލާނީ ފެތުންތެރިޔާ ސަޖަން

4 min read

Maldives swimmer Aminath Shajan wins the 800m bronze medal in the South Asian Games in Guwahati, India, Monday, February. 08, 2016. (Images.mv Photo/ Hussain Sinan).

aminath shajan (photo by: images.mv)

ބްރެޒިލްގެ ރިއޯގައި 2016 އޮގަސްޓް 5 ން 21 ށް ބޭއްވުމަށް ހަމަޖެހިފައިވާ 31 ވަނަ އޮލިމްޕިއާޑްގެ އޮލިމްޕިކްސް ކުޅިވަރު ޢީދު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދިދަ އުފުއްލާނީ މިއަހަރު އިންޑިއާގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 800 މީޓަރ ފްރީސްޓައިލް އިވެންޓުން ދިވެހިރާއްޖެއަށް ރަންވަންލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ ގ.ކުރެންދޫގެ އާމިނަތު ސަޖަންއެވެ.

އިބްރާޙީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓްގެ ވީ.އައި.ޕީ ލައުންޖުގައި ދިވެހިރާއްޖޭގެ ދިދަ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަޖަންއަށް ދިދަ ޙަވާކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް، އަލްފާޟިލާ އިރުތިޝާމް އާދަމެވެ.

ދިވެހިރާއްޖޭގެ ދިދައުފުލުމަށް ފެތުންތެރިޔާ ސަޖަންއަށް ފުރުޞަތުދިނުމަށް ނިންމާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ. 2013 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޝަޖަންވަނީ އިންޑީވިޑުއަލް އިވެންޓްތަކުން 14 ޤައުމީ ރެކޯރޑް އާކޮށް، 3 ޓީމް އިވެންޓްގައި ޤައުމީ ރެކޯރޑް އާކުރުމަށް އެހީތެރިވެދީފައެވެ. އަދި ސަޖަން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ކާމިޔާބީގެ އިތުރުން މިއަހަރު ތައިލެންޑްގައި ބޭއްވި ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕްގައިވެސް ދިވެހިރާއްޖެ ތަމްޞީލްކޮށް، 200 މީޓަރ އިންޑިވިޑިއަލް މިޑްލޭ އިވެންޓުން ރަންވަންލޯ މެޑަލް ހޯދައިފައެވެ.

ޝަޖަންގެ އިތުރުން މިމުބާރާތުގައި ފެތުންތެރިއެއްގެގޮތުގައި ބައިވެރިވަނީ ނިޝްވާން އިބްރާޙީމެވެ. ކޯޗެއްގެ ގޮތުގައި ޤައުމީ ހެޑްކޯޗު އިސްމާޢީލް ފަރުޙާނު ދިޔުމަށް ހަމަޖެހިފައިވާއިރު، ޓީމާއި ޙަވާލުވެގެން ޓީމް ލީޑަރެއްގެ ގޮތުގައި ދިޔުމަށް ހަމަޖެހިފައިވަނީ ސްވިމިންގ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާރިފެވެ.

މިފަހަރުގެ އޮލިމްޕިކް ކުޅިވަރު ޢީދުގައި ދިވެހިރާއްޖޭގެ ތަމްޞީލްކުރާނީ ޖުމްލަ 2 ކުޅިވަރެއްގައެވެ. އެއީ ސްވިމިންގ އަދި އެތްލެޓިކްސްއިންނެވެ.


Swimming Team participating at the Rio 2016 Olympic Games

male swimmer

female swimmer

coach

team official


Our sponsors & partners

  • Bank of Maldives