Skip to content
Share
Competitions

ރިއޯ 2016 އޮލިމްޕިކް ގޭމްސްއަށް ނިޝްވާން އަދި ސަޖަން

4 min read

nishwan and shajan (photo of shajan by: images.mv)

ބްރެޒިލްގެ ރިއޯގައި އޮގަސްޓް 5 ން 21 ށް ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ނިޝްވާން އިބްރާޙީމް އަދި އާމިނަތު ސަޖަން ދާގޮތަށް ހަމަޖެހިއްޖެއެވެ.

އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖޭގެ ފެތުންތެރިން ބައިވެރިވުމަށް ލިބުނު ފުރުޞަތު ނިޝްވާން އާއި ސަޖަން އަށް ލިބިފައިވަނީ ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާއިން ފާއިތުވި ދެއަހަރުބޭއްވި ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް، އެދެފެތުންތެރިން ހޯދާފައިވާ ނަތީޖާގެ ކުރިއެރުމަށްބަލައި އެޖަމްޢިއްޔާއިންނެވެ.

މިމުބާރާތުގައި ނިޝްވާން ފެތުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓެވެ. އަދި ސަޖަން ފެތުމަށް ހަމެޖިފައިވަނީ އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓެވެ.

2014 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ހޮވިފައިވާ ނިޝްވާން އަދި ސަޖަންއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ފީނާ އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާއިއެކު މިހާރުވެސް ރާއްޖެއިން ބޭރުގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ދެފެތުންތެރީންނެވެ. މީގެތެރެއިން ނިޝްވާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސައުތު އެފްރިކާގެ ޑަރބަންގައެވެ. އަދި، ސަޖަން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ތައިލަންޑްގެ ޕުކެޓްގައެވެ.

މިމުބާރާތުގައި ފެތުންތެރިންގެ ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ދިވެހިރާއްޖޭގެ ޤައުމީ ހެޑް ކޯޗް، އިސްމާޢީލް ފަރުޙާނެވެ. މެނޭޖަރެއްގެ ގޮތުގައި ސްވިމިންގ ޓީމާއި ޙަވާލުވެގެންދާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާރިފެވެ.


Swimming Team participating at the Rio 2016 Olympic Games

male swimmer

female swimmer

coach

team official


Our sponsors & partners

  • Bank of Maldives