Amintah Shajan and Aishath Sajina with their coach Miguel Lopez
މެލޭސިއާގައި މިހާރުކުރިއަށްދާ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގެ ފުރަތަމަ ދުވަހު ބޭއްވި އަންހެނުންގެ 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓް 01:25.06 އިން ފުރިހަމަކޮށްގެން، މިއިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އާކޮށްފިއެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓް 01:27.96 އިން ފުރިހަމަކޮށްގެންނެވެ.
މިއީ ރާއްޖޭގެ ފެތުންތެރިން މިމުބާރާތުގައި އާކުރި ފުރަތަމަ ޤައުމީ ރެކޯރޑެވެ.
މި މޭ މަހުގެ 5 ން 8 ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އާޢިޝަތު ސާޖިނާގެ އިތުރުން އާމިނަތު ޝަޖަން ވެސް ބައިވެރިވެއެވެ.

