Skip to content
Share
Competitions

އަންހެނުންގެ ފްރީސްޓައިލް 100 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

2 min read

Swimming Day 1 event of the South Asian Games in Guwahati, India, Saturday , February 6, 2016. (Images.mv Photo: Mohamed Ahsan)

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 01:06.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލަންޑް (ޔުނައިޓެޑް ކިންގޑޮމް) ގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރ ފްރީސްޓައިލް އިވެންޓް 01:06.60 އިން ފުރިހަމަކޮށްގެންނެވެ.

މިމުބާރާތުގައި ސަޖަން ވަނީ މިހާތަނަށް އިންޑިވިޑުއަލް 4 އިވެންޓެއްގެ ޤައުމީ ރެކޯރޑު އާކޮށް، ޓީމް އިވެންޓްގެ 2 ޤައުމީ ރެކޯރޑެއް އާކުރި ދިވެހިރާއްޖޭގެ އަންހެން ޓީމުގައި ހިމެނިފައެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 11 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives

Our sponsors & partners

  • Bank of Maldives