National Squads are Sponsored by:
އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އާއިޝަތު ސައުސަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސައުސަން އާކޮށްފައިވަނީ 00:35.47 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސައުސަން އެވެ. އެއީ 2010 ވަނަ އަހަރު އިންޑިއާގެ ދިއްލީގައި ބޭއްވި 19 ވަނަ ކޮމަންވެލްތު ގޭމްސްގައި 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:35.52 އިން ފުރިހަމަކޮށްގެންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 8 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives


