National Squads are Sponsored by:
އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ދެވަނަ ފަހަރަށް އާއިޝަތު ސާޖިނާ އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި މިއިވެންޓްގެ ފައިނަލްގައި 00:39.30 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
2015 ވަނަ އަހަރު އާކޮށްފައިވާ 50 މީޓަރ ބްރެސްޓްސްޓްރޯކްގެ ކުރީގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި މި އިވެންޓްގެ ހީޓްގައި 00:39.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއާއިއެކު މިމުބާރާތުގައި އެއްދުވަހު އެއްއިވެންޓަކުން ޤައުމީ 2 ރެކޯރޑެއް އާކުރުމުގެ ޝަރަފް ސާޖިނާ ވަނީ ޙާޞިލްކޮށްފައެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 6 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives


