Skip to content
Share
Competitions

މަކީޓާ 13 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް، 2015 އޮކްޓޯބަރ 21 ން 24 އަށް ބޭއްވުމަށް ހަމަޖައްސައިފި

3 min read

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ 13 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 21 ން 24 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޤަވައިދާއި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯރމް 11 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުން ފެށިގެން މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކީޓާ އެވެ.

މިމުބާރާތުގައި 10 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 16 އަހަރުން މަތީ އުމުރުފުރާތަކުގެ އަންހެން އަދި ފިރިހެން ކެޓަރގަރީތަކުގައި ފެތުންތެރިންނަށް ބައިވެރިވެވޭނެއެވެ. މިމުބާރާތުގައި ތިރީގައިވާ އިވެންޓްތައް ކުރިއަށް ދާނެއެވެ.

  • 25މ، 50މ، 100މ ގެ ފްރީސްޓައިލް އިވެންޓްތައް
  • 25މ، 50މ، 100މ ގެ ބްރެސްޓްރޯކް އިވެންޓްތައް
  • 25މ، 50މ، 100މ ގެ ބެކްސްޓްރޯކް އިވެންޓްތައް
  • 25މ، 50މ، 100މ ގެ ބަޓަރފްލައި އިވެންޓްތައް
  • 100މ އަދި 200މ ގެ އިންޑިވިޑުއަލް މިޑްލޭ ގެ އިވެންޓްތައް

މިމުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 18 އޮކްޓޯބަރ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގެ ނަން: މަކީޓާ 13 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 21 ން 24 އޮކްޓޯބަރ 2015

މުބާރާތުގައި ބައިވެރިވުމަށް ފޯރމްހުށަހަޅަންޖެހޭ ތާރީޚް: 18 އޮކްޓޯބަރ 2015 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން.


Main Sponsor:

Makita