Skip to content
Share
Competitions

1500 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އާކޮށްފި

2 min read

1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި 05 ވަނަ ސާފް ގޭމްސްގައި ހަދާފައިވާ 1500 މީޓަރ ފްރީ ސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އަދުނާން އާކޮށްފިއެވެ. އިސްމާޢިލް މިރިކޯރޑް އާކޮށްފައިވަނީ ރީޔޫނިއަންގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 1500 މީޓަރ ފްރީސްޓައިލް އިވެންޓް 19:36.83 އިން ފުރިހަމަކޮށްގެންނެވެ.

1991 ވަނަ އަހަރު 05 ވަނަ ސާފްގޭމްސްގައި ރާއްޖޭގެ ފެތުންތެރިޔާ މުޙައްމަދު ރަޝީދު 1500 މީޓަރ ފްރީސްޓައިލް އިވެންޓް ނިންމާފައިވަނީ 22:16.10 އިންނެވެ.

މިއީ މިމުބާރާތުގައި އިސްމާޢިލް އާކުރި ދެވަނަ ޤައުމީ ރިކޯރޑެވެ. މިމުބާރާތުގައި އިސްމާޢިލް ދެން އާކޮށްފައިވަނީ 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރިކޯރޑެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner