Skip to content
Share
Competitions

200 މީޓަރ ބްރެސްޓްސްޓްރޯކްގެ ޤައުމީ ރިކޯރޑް ސާޖިނާ އާކޮށްފި

2 min read

Aishath Sajina (photo by: Maldives Olympic Committee)

200 މީޓަރ ބްރެސްޓް ސްޓްރޯކް ގެ ޤައުމީ ރިކޯޑް އައިޝަތު ސާޖިނާ އާކޮށްފިއެވެ. ސާޖިނާ މި ރިކޯރޑް އާކޮށްފައިވަނީ މިހާރު ކަޒާން (ރަޝިޔާ) ގައި ކުރިއަށްދާ 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މިއަދު ފެތި 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓު 03:16.50 އިން ފުރިހަމަކޮށްގެންނެވެ.

މީގެ ކުރިން މިއިވެންޓް އެންމެ ބާރަށް ފަތާފައިވަނީވެސް ސާޖިނާއެވެ. އެއީ މިދިޔަ އަހަރު ބޭއްވި 20 ވަނަ ކޮމަންވެލްތް ގޭމްސްގައި 03:19.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner