Skip to content
Share
Competitions

އަހަރުގެ ފުރަތަމަ ޤައުމީ ފެތުމުގެ ރިކޯރޑް ނިޝްވާން އާކޮށްފި

2 min read

Nishwan-2014-Commonwealth-Games

2015 ވަނަ އަހަރުގެ ފުރަތަމަ ޤައުމީ ފެތުމުގެ ރެކޯރޑް ނިޝްވާން އިބްރާޙިމް އާކޮށްފިއެވެ. ނިޝްވާން މި ރިކޯރޑް އާކޮށްފައިވަނީ މިހާރު ކަޒާން (ރަޝިޔާ) ގައި ކުރިއަށްދާ 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މިއަދު ފެތި 50 މީޓަރ ބަޓަރފްލައި އިވެންޓު 00:27.42 އިން ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރިކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ނިޝްވާންއެވެ. އެއީ މިދިޔައަހަރު ސްކޮޓްލެންޑްގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 00:27.79 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ފެތި ފުރަތަމަ އިވެންޓެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner