Skip to content
Share
Competitions

ބާރަވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި ދިވެހި ފެތުންތެރިން މިރޭ ރާއްޖެ އަންނަނީ

3 min read

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރު ކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން ރާއްޖެއައުމަށް ހަމަޖެހިފައިވާ ފެތުންތެރިންނާއި އޮފިޝަލުން މިރޭ، (12 ފެބްރުއަރީ 2016 ވާ ހުކުރު ދުވަހުގެރޭ) ރާއްޖެއައުމަށް ވަނީ ހަމަޖެހިފައެވެ.

މާލެއިން މަރުޙަބާ ދެންނެވުން: 1 ނަންބަރު ފާލަން، 12 ފެބްރުއަރީ 2016ގެ 21:45

ފެތުންތެރިންގެ ތެރެއިން އާއިޝަތު ސާޖިނާ އަދި އައިމިނަތު ސަޖަން ނޭޕާލްގައި ބާއްވާ ޓްރެއިނިންގ ކޭމްޕަކަށް ސީދާ ގްވަހަތީއިން ނޭޕާލްގެ ކަތަމަންޑޫއަށް މިއަދު ހަވީރު ފުރާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މިފަހަރުގެ ސްވިމިންގ ޓީމްގައި ހިމެނުނު އެންމެ ހަގު ފިރިހެން ފެތުންތެރިޔާ، އިސްމާޢިލް މުޢުތަސިމް އަދްނާން އެނބުރި ދިޔުމަށް ހަމަޖެހިފައިވަނީ ސީދާ ސްރީލަންކާއަށެވެ.

މިމުބާރާތުގައި ދިވެހިފެތުންތެރިން ވަނީ 13 ޤައުމީ ރެކޯރޑެއް އާކޮށް، 1 ބްރައުންޒް މެޑަލް ހޯދާފައެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރި ދިވެހިފެތުންތެރިންނަށް މަރުޙާބާދެންނެވުމަށް 1 ނަންބަރު ފާލަމަށް، (12 ފެބްރުއަރީ 2016ގެ 21:45 އަށް) މިއެސޯސިއޭޝަނުގެ މެންބަރުންނާއި، ކުޅިވަރުގެ އާއިލާއާއި، އަދި މިނޫންވެސް އެންމެހައި ފަރާތްތައް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

mtcc transportation assistance

Our sponsors & partners

  • Bank of Maldives