Skip to content
Share
Competitions

އަންހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފި

2 min read

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް ސްވިމިންގ ޓީމުން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 10:51.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:

  • އައިމިނަތު ޝަޖަން
  • އާއިޝަތު ސާޖިނާ
  • އައިޝަތު ސައުސަން
  • އަންމާޢު އަޙްމަދު ސަލީމް
  • އާއިޝަތު ހުލްވާ ޚުލައިލް (ރިޒާވް)

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2004 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި 9 ވަނަ ސާފް (ސައުތު އޭޝިއަން) ގޭމްސްގައެވެ. އެފަހަރު ދިވެހި އަންހެން ސްވިމިންގ ޓީމް، 4 ގުނަ 200 މިޓަރ ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 12:33.27 އިންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 10 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives

Our sponsors & partners

  • Bank of Maldives