Skip to content
Share
Competitions

އަންހެނުންގެ ފްރީސްޓައިލް 400 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

2 min read

Swimming Day 1 event of the South Asian Games in Guwahati, India, Saturday , February 6, 2016. (Images.mv Photo: Mohamed Ahsan)

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 05:15.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ 2015 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކް ގައި ބޭއްވި 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:19.49 އިން ފުރިހަމަކޮށްގެންނެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް ހޯދައިދީފައި ވަނީވެސް ސަޖަންއެވެ. ސަޖަން ބްރޯންޒް މެޑަލް ހޯދައިފައިވަނީ އަންހެނުންގެ 800 މީޓަރ ފްރީސްޓައިލް އިވެންޓް 10:41.41 އިން ނިންމައިގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 7 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives

Our sponsors & partners

  • Bank of Maldives