Skip to content
Share
Competitions

ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފި

2 min read

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް ދިވެހިރާއްޖޭގެ ސްވިމިންގ ޓީމް އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 09:41.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:

  • އިސްމާޢީލް މުޢުތަސިމް އަދްނާން
  • މުޙައްމަދު ނަޒްރާން ނަޒީރު
  • ޙަސަން އަޝްރަފް
  • މުބާލް އައްޒާމް އިބްރާޙީމް
  • މުޙައްމަދު ނައްވާރު އިބްރާޙީމް (ރިޒާވް)

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2006 ވަނަ އަހަރު ސްރީލަންކާގެ ކޮލޮންބޯގައި ބޭއްވި 10 ވަނަ ސާފް (ސައުތު އޭޝިއަން) ގޭމްސްގައެވެ. އެފަހަރު ދިވެހި ފިރިހެން ސްވިމިންގ ޓީމް، 4 ގުނަ 200 މިޓަރ ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 10:10.11 އިންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 9 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives

Our sponsors & partners

  • Bank of Maldives