Skip to content
Share
Competitions

ފިރިހެނުންގެ 4 ގުނަ 100 މީޓަރު މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފި

2 min read

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ 4 ގުނަ 100 މީޓަރ އިންޑިވިޑުއަލް މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް ދިވެހިރާއްޖޭގެ ސްވިމިންގ ޓީމް އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 04:49.99 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 4 ގުނަ 100 މީޓަރ އިންޑިވިޑުއަލް މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:

  • އިސްމާޢީލް މުޢުތަސިމް އަދްނާން
  • ޙަސަން އަޝްރަފް
  • މުބާލް އައްޒާމް އިބްރާޙީމް
  • މުޙައްމަދު ނައްވާރު އިބްރާޙީމް
  • މުޙައްމަދު ނަޒްރާން ނަޒީރު (ރިޒާވް)

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައެވެ. އެފަހަރު ދިވެހި ސްވިމިންގ ޓީމް، ފިރިހެނުންގެ 4 ގުނަ 100 މީޓަރ އިންޑިވިޑުއަލް މިޑްލޭ ރިލޭ އިވެންޓް ނިންމާފައިވަނީ 04:55.06 އިންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 12 ވަނަ ޤައުމީ ރެކޯރޑެވެ.

official photographer of 12th South Asian Games Team Maldives

Our sponsors & partners

  • Bank of Maldives